ރަށުކައުންސިލަށް ހޯދަން އެންމެ ރަނގަޅު ސާރވޭ އިކުއިޕްމަންޓަކީ ކޮބާ؟
ލާމަރުކަޒީ ގާނޫނެއްގެ ދަށުން ރާއްޖޭގެ ރަށްތައް ހިންގަންފެށި އަދި މިގާނޫނަށް ގެނެވިފައިވާ އިސްލާހުތަކާއެކު ރަށްތައް ހިންގުމަށްޓަކައި ގާނޫނު ބަޔާންކުރާގޮތުގެމަތިން ރަށުގެ ތަރައްގީގެ ޕްލޭނާއި އަދި ލޭންޑް ޔޫސް ޕްލޭން ހަދަންޖެހެއެވެ. އަދި މިގާނޫނުގެ ދަށުން ކަނޑައެޅޭ ރަށުގެ ގާނޫނީ އިމުގެ ތެރޭގައި ރަށުގެ ފަޅުންބައެއްވެސް ހިމެނެއެވެ. އެހެން ކަމުން ހެދޭ ތަރައްގީގެ ޕްލޭނާއި އެއްގޮތަށް ރަށް ކުރިއަރުވައި ރަށުގެ ބިން މެނޭޖް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ކޮންމެ ކައުންސިލެއްގައިވެސް ގާއިމުވެފައި ހުރުމަކީ މިގާނޫނުގެ ދަށުން ލިބިދީފައިވާ އެންމެހާ ބާރުތަށް އެންމެ އެދެވޭގޮތުގައި ބޭނުންކުރުކަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެކެވެ.
މިވަގުތު ރާއްޖޭގެ ގިނަރަށްރަށުގައި ތަފާތުކަންކަމަށް ބިންދޫކުރުމާއި މަގުހެދުން ފަދަކަންކަމުގައި މިންއެޅުމަށްޓަކައި މިބޭނުންކުރަނީ ފޫޓްފީތާއެވެ. މިކަމުގެ ސަބަބުން، އެކިއުރޭޓް ސާރވޭއެއްގެ މައްޗަށްބިނާކޮށް ލޭންޑް ޔޫސްޕްލޭނެއްހެދިފައި އޮތެއްކަމަކު، ބިން ރަނގަޅުގޮތުގައި މެނޭޖެއް ނުކުރެވެއެވެ. ބިންތަކުގެ މިންހަމަކުރުމުގައި ފުށުއެރުންތައް ގިނަވެ، މަގުތަށް ސީދާނުވެ، އެއްބިން އަނެއްބިމުގެ ތެރެއަށް ވަދެ، އެކިކަންކަމަށް ޚާއްސަކުރެވިފައިހުންނަ ސަރަހައްދުތަކުން ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ވަރަށް މިންހަމަނުވުންފަދަ ތަފާތު އުނދަގޫތަކާއި ދިމާވެއެވެ. އަދި މީގެ އިތުރުން، ފަޅުތެރޭގައި މިނެއްފާހަގަ ކުރަންޖެހިއްޖެނަމަ ފޫޓް ފީތާއިން މިކަން އެދެވޭ ގޮތެއްގައި ނުކުރެވޭނެއެވެ. އެހެންކަމުން، ލާމަރުކަޒީ ގާނޫނުން ލިބިދޭ އެންމެހާ ބާރުތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގުމަށްޓަކައި ކޮންމެ ކައުންސިލަކުންވެސް އެކަށީގެންވާ ސާރވޭ އިކުއިޕްމަންޓެއް ހޯދައި އޭގެ ބޭނުން ކުރަން އެބަޖެހެއެވެ.
ރާއްޖޭގެ ބައެއް ކައުންސިލްތަކުގައި މިވަގުތުވެސް ސާރވޭ އިކުއިޕްމަންޓް (ޓޯޓަލް ސްޓޭޝަން) އެބަހުއްޓެވެ. ނަމަވެސް އެތަކެތިބޭނުން ކުރަންނުފެށިވަނީ އެކަމުގެ ފަންނީ ތަޖުރިބާއާއި ގާބިލުކަން ހޯދިފައި ނެތުމުންނެވެ. އަދުގެ ދުނިޔޭގައި ސާރވޭ އިންޑަސްޓްރީ ކުރިއަރައި ތަރައްގީވެފައިވާ ހިސާބަށް ބަލާއިރު ރަށުފެންވަރުގައި ބިންބިމާއި މަގުތަކާއި އަދި މޫދުގައިވިޔަސް މިންއެޅުމަށްޓަކައި ބޭނުންކުރުމަށް ޓޯޓަލް ސްޓޭޝަނަކީ އެންމެ އެކަށީގެންވާ ސާރވޭ އިކުއިޕްމަންޓެއް ނޫނެވެ. އިކުއިޕްމަންޓް ގަންނަން ކުރާ ޚަރަދާއި އަދި ބޭނުން ކުރާ ގޮތަށް ބެލިނަމަވެސް ޓޯޓަލް ސަޓޭޝަނަށް ވުރެ ރަނގަޅު އިކުއިޕްމަންޓް މިއަދު ރާއްޖެއިންވެސް ލިބެން އެބަހުއްޓެވެ. ރަށުފެންވަރުގައި ސާރވޭ ކުރުމަށް ހޯދަން އެންމެ ރަނގަޅު ސާރވޭ އިކުއިޕްމަންޓަކީ ޑީޖީޕީއެސް ސިސްޓަމެކެވެ. ސަބަބުތައް ވަރަށް ގިނައެވެ. ޓޯޓަލް ސްޓޭޝަނާއި ޑީޖީޕީއެސް ބޭނުން ކޮށްގެން ސާރވޭ ކުރުމުގައި ހުރި މައިގަނޑު ތަފާތުތައް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.
ޑީޖީޕީއެސް ސިސްޓަމް | ޓޯޓަލް ސްޓޭޝަން | އެމްވީ ކޯރސް ބޭނުން ކުރުން | |
ސެޓްގައި ހިމެނޭ ތަކެތި | ޑީޖީޕީއެސް ސިސްޓަމެއްގައި ހިމެނޭނީ 2 ޖީޕީއެސް ޔުނިޓް (ބޭސް އަދި ރޯވަރ)، ޓްރައިޕޮޑް (ސްޓޭންޑް)، ރޯވަރ ޕޯލް، އަދި ޑޭޓާކަލެކްޓަރ (ޓެބްލެޓް) | ޓޯޓަލް ސްޓޭޝަން ސިސްޓަމެއް ގައި ހިމެނެނީ ޓޯޓަލް ސްޓޭޝަން، ޓްރައިޕޮޑް (ސްޓޭންޑް)، ޕްރިޒަމް އަދި ޕްރިޒަމް ޕޯލް | އެމްވީ ކޯރސް ބޭނުންކުރާނަމަ އިތުރަށް ހޯދަންޖެހޭނީ ޖީޕީއެސް ރޯވަރ ޔުނިޓް، ރޯވަރ ޕޯލް އަދި ޑޭޓާ ކަލެކްޓަރ (ބޭސް ޔުނިޓް އަދި ޓްރައިޕޮޑް ބޭނުމެއްނުވާނެ) |
އެވްރެޖް އަގު | އެކި ބްރޭންޑް ގެ އެކި މޮޑެލްގެ އަގު ތަފާތުވާނެ، އެވްރެޖް އަގެއްގެ ގޮތުގައި 250,000.00 – 180,000.00 ރުފިޔާކަމަށް ބެލިދާނެ | އެކި ބްރޭންޑް ގެ އެކި މޮޑެލްގެ އަގު ތަފާތުވާނެ، އެވްރެޖް ގޮތެއްގައި 200,000.00 – 80,000.00 ރުފިޔާކަމަށް ބެލިދާނެ | އެކި ބްރޭންޑް ގެ އެކި މޮޑެލްގެ އަގު ތަފާތުވާނެ، އެވްރެޖް ގޮތެއްގައި 100,000.00 ރުފިޔާކަމަށް ބެލިދާނެ |
އެއްތަނެއްގައި ބަހައްޓައިގެން ސާރވޭ ކުރެވޭ ސަރަހައްދުގެ ބޮޑުމިން | ބޭސް ސްޓޭޝަން ސާރވޭ މާރކު މަތީ ނޫނީ ރަށުގެ ކޮންމެވެސް ހިސާބެއްގައި ސެޓް ކުރުމަށްފަހު، ބޭސް ސްޓޭޝަނުންފެށިގެން ގާތްގަނޑަކަށް 2-3 ކިލޯމީޓަރުގެ ސަރަހައްދެއް ސާރވޭ ކުރެވިދާނެ، (ބޭސް ސްޓޭޝަނުން ރޯވަރ ޔުނިޓް ހިފައިގެން އުޅޭމީހާ ފެންނާކަށް ނުޖެހޭ) | ޓޯޓާލް ސްޓޭޝަނަކީ އޭގެ ޒާތުގައި 2-3 ކިލޯމީޓަރުގެ ސަރަހައްދެއް ބަލާލެވޭ އިކުއިޕްމަންޓަކަށް ވީނަމަވެސް، ސްޓޭޝަންގައި ހުންނަ ސާރވޭޔަރަށް ޕްރިޒަމް ފެންނަން ޖެހޭތީވެ ސްޓޭޝަން އެއް ސަރަހައްދެއްގައި ބެހެއްޓުމަށްފަހު ބޮޑު ސަރަހައްދެއް ސާރވޭ ކުރުމަކީ ނުވާނެކަމެއް (އެއްވެސް އެއްޗެއްނެއް ހުސްބިމެއްނޫނީ) | ބޭސް ސްޓޭޝަނުންފެށިގެން (ކޯރސް ސްޓޭޝަން) 75 ކިލޯމީޓަރ ސަރަހައްދެއް ސާރވޭކުރެވޭނެ، އަދި 25 ކިލޯމީޓަރުގެ ސަރަހައްދެއް ސެންޓިމީޓާރ ލެވެލް އެކިއުރެސީގައި ސާރވޭ ކުރެވޭނެ |
ބޭނުން ކުރުމުގެ ފަސޭހަ | ބޭސް ސެޓް ކުރުމަށްފަހު އެކަކަށް އެކަނިވެސް ފަސޭހަކަމާއިއެކު ސާރވޭ ކުރެވޭނެ، ނަމަވެސް ބޭސް ސެޓްކުރުމަށާއި އިކުއިޕްމަންޓް ހިފައިގެން ތަނަކަށްދާނަމަ 2 މީހުން ތިބުމުން ފަސޭހަވާނެ | ކޮންމެހެންވެސް ދެމީހުންބޭނުންވާނެ، ސްޓޭޝަންކައިރީގައި އެކަކު އަދި ޕްރިޒަމް ޕޯލްހިފައިގެން އެކަކު އުޅެން ޖެހޭނެ، ސާރވޭ ކުރާ ހިސާބުގައި ރުއްގަސް ގިނަނަމަ ނޫނީ ބޮޑު ސަރަހައްދެއް ސާރވޭ ކުރާނަމަ ގިނަގިނައިން ސްޓޭޝަން ބަދަލު ކުރަންޖެހޭނެ | ބޭސް ސެޓްކުރާކަށް ނުޖެހޭ، ފަސޭހަކަމާއި އެކު އެކަކަށް އިކުއިޕްމަންޓް ހިފައިގެން ބޭނުންވާ ތަންތަނަށް ގޮސް ސާރވޭ ކުރެވޭނެ، ބޭސް ސެޓްކުރަން ނުޖެހުމުގެ ސަބަބުން މަސައްކަތް އަވަސްވެ، މަސައްކަތުގައި ދިމާވާ ޓެކްނިކަލް މައްސަލަތައްމަދުވެ އަދި ސާރވޭގެ ތަޖުރިބާ ނެއްމީހުނަށްވެސް ފަސޭހަކަމާއިއެކު ސާރވޭ ކުރުމަށް އަހުލުވެރި ވެވިދާނެ |
ޓޯޓަލް ސްޓޭޝަން
އެމްވީ ކޯރސް ބޭނުން ކުރުން
ޑީޖީޕީއެސް ސިސްޓަމް
އެހެންކަމުން، މިފާހަގަކުރެވުނު ތަފާތުތަކުގެ އަލީގައި ދެންނެވޭނީ ކައުންސިލްތަކުގައި ބޭނުން ކުރުމަށް އެންމެ ރަނގަޅު ސާރވޭ އިކުއިޕްމަންޓަކީ ޑީޖީޕީ އެސް ކަމުގައެވެ. މީގެވެސް އެންމެ ފައިދާހުރި، ފަސޭހަ އަދި ލުއި ގޮތަކީ އެމްވީކޯރސް އާއި ގުޅާލައިގެން ސާރވޭކުރުމެވެ.
ފޯސައިޓް ސާރވޭޔާސްގެ ފަރާތުން މިވަގުތު ދަނީ މުޅިރާއްޖެ ޖީޕީއެސް ކޯރސް (ކޮންޓިނިއަސް އޮޕަރޭޓިންގ ރިފަރެންސް ސްޓޭޝަން) ނެޓްވާރކަކުން ގުޅަލުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންގޮތަކަށް ބުނާނަމަ މި ކޯރސް ސްޓޭޝަން ތަކަކީ ޑީޖީޕީއެސް ސާރވޭގައި ބޭނުން ކުރާ (ކޮންމެ ސާރވޭއަކަށް ވަކިން ސެޓްކުރާ) ޖީޕީއެސް ބޭސްޝްޓޭޝަން ތަކުގެ ބަދަލުގައި ދާއިމަށް އެއްތަނެއްގައި އަބަދުވެސް އޮޕަރޭޓް ކުރާގޮތަށް، އެކަތި އަނެކައްޗާއި ގުޅާލެވިފައިހުންނަ ބޭސް ސްޓޭޝަން ތަކެކެވެ. މިކޯރސް ނެޓްވާކަށް ދެވިފައިވާ ނަމަކީ ‘އެމްވީ ކޯރސް’ އެވެ.
ފޯސައިޓް ސާރވޭޔާސްއަކީ މިވަގުތު ރާއްޖޭގައި އެންމެފުޅާދާއިރާއެއްގައި ސާރވޭކުރުމަށްބޭނުންކުރާ ތަކެތި ވިއްކާ ފަރާތެވެ. އަދި ހަމައެޔާއިއެކު އަޅުގަނޑުމެންނަކީ ދުނިޔޭގައި ސާރވޭކުރުމަށް ބޭނުންކުރާ ތަފާތު އިކުއިޕްމަންޓް ސަޕްލައިކުރުމަށް މައްޝޫރު ޖާމަނީގެ ޖިއޯމެކްސްއާއި ޗައިނާގެ ސިނޮ ޖީއެން އެސް އެސް ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލާރއެވެ.
ނޯޓް: މިލިޔުމުގައި އިކުއިޕްމަންޓް އަޅާއިކިޔުމުގައި ބޮޑަށް ބެލިފައިވާނީ ރާއްޖޭގެ ރަށެއްސާރވޭ ކުރުމަށް ބޭނުންކުރާނަމަ އެއިކުއިޕްމަންޓަކުން ކުރާނެ ފައިދާގެ މައްޗަށެވެ. ޓޯޓަލް ސްޓޭޝަންގެ އެޑްވާންސް ސިސްޓަމްތައް (މިސާލަކަށް ރޮބޮޓިކް ސްޓޭޝަން) ހުއްޓެއްކަމަކު މިލިޔުމުގައި ފާހަގަ ކުރެވިފައިވާ ބޭނުންތަކަށް ރޮބޮޓިކް ސްޓޭޝަން އެކަށީގެން ނުވާތީވެ އިކުއިޕްމަންޓް އަޅާއި ކިޔުމުގައި ޓޯޓަލް ސްޓޭޝަން އޮޕަރޭޓް ކުރުމަށް 2 މީހުންބޭނުންވާނެ ކަމަށް ބުނެފައި ވާނެއެވެ.